ޕީއެސްއެމް ރީސްޓްރަކްޗަރކޮށް މުވައްޒަފުން ވަކިކުރަނީ
ދައުލަތުގެ މީޑިޔާ ޕީއެސްއެމް ރީ ސްޓްރަކްޗަރކޮށް، އެތަނުން މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމައިފިއެވެ.
އެތަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނި ރީސްޓްރާކްޗަރ ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި މަސައްކަތްތެރި ނޫން މުވައްޒަފުންގެ މަގާމު އުވާލަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެހެން ދާއިރާތަކަށް އިތުރަށް ބޭނުންވާ މަގާމުތަކަށް އެ މުވައްޒަފުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ފަހު އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ތަޖުރިބާ އާއި ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދޭނެ ކަމަށްވެސް ޕީއެސްއެމް އިން ވަނީ ފާހަގަކޮށްފައެވެ.
ވަކިކުރުމަށް ހަމަޖެހިފައިވާ މުވައްޒަފުންގެ އަދަދު ޕީއެސްއެމްއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް