ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ
އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި ހަންކެޑައިން އިންސާނެއްގެ ކަށިތަކެއް ފެނިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 3:45 އެހާކަށްހާއިރުއެވެ.
ފުލުހުން ބުނީ އެ ސަރަހައްދުން ފެނުނީ ވަރަށް ދުވަސްވެފައިވާ ކަށިތަކެއް ކަމަށެވެ.
އައްޑޫގެ ދުވަހު ނޫހެއްކަމަށްވާ އޭއޯ އޮންލައިންއަށް މައުލޫމަތު ދިން ހިތަދޫ މީހަކު ބުނެފައިވާގޮތުގައި މިފެނުނު ކަސީގައި އެއްވެސް ވަރަކަށް މަސް ނެތް ކަމަށާއި، އަދި އެއީ ފިރިހެނެއް ނުވަތަ އަންހެނެއްކަމެއް ވަކިކުރަން ނޭނގޭކަމަށެވެ.
މީގެ އިތުރުން އެމީހާ ބުނީ ބޮޑަށް ޝައްކު ކުރެވެނީ އެއީ ކުޑަކުއްޖެއްގެ ކަށިގަނޑުކަމުގައެވެ.
އެ ސަރަހައްދުން މީގެ ކުރިންވެސް އިންސާނުންގެ ކަށިތަކެއް ފެނިފައިވާއިރު މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް