ސީޕީ ހަމީދާއި މިނިސްޓަރ އިމްރާންގެ މައްޗަށް އިތުބާރެއް ނެތް: ރިލްވާންގެ ބޭބެ
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިިިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިތުބާރެއް ނެތްކަމަށް މަރާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ބޭބެ ބުނެފިއެވެ.
ރިޟްވާންގެ ބޭބެ މިހެން ބުނެފައިވަނީ ކުރި ޓްވީޓެއްގައެވެ.
މޫސާ ރިޟްވާން ބުނީ ރިޟްވާން ވަގަށް ނެގުމާއި މަރާލުމުގެ މައްސަލަ ފޮރުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރިޟްވާނަށް އެހެން ހެދުމުގައި ފުލުހުން ބައިވެރިވާކަމަށްވެސް މޫސާ ރިޟްވާން ވަނީ ތުހުމަތުކޮށްފައެވެ.
އޭނާ އިތުރަށް ބުނީ ސީޕީ ހަމީދާއި ހޯމް މިނިސްޓަރ ޝައިޚް އިމްރާނަށް ކުރިން އިތުބާރުކުރިކަމަށާއި މިހާރު އިތުބާރު ނުކުރާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ރިޟްވާންގެ މައްސަލައިގައި ތަހުގީގީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ފުލުހުން ހައްޔަރުކުރުމަށް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް