މުޅި ރާއްޖެއަށް ހުދު ސަމާލު!
ރާއްޖެއަށް މޫސުން ގޯސްވެ، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފިއެވެ.
މެޓް އޮފީހުން ރާއްޖެއަށް ހުދު ސަމާލުނެރެފައިވަނީ މިއަދު ހެނދުނު 10:00 ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.
މިގޮތުން އެ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރާކަމަށެވެ.
އެހެންކަމުން، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް