ގޮވާތަކެތީގެ މައުލޫމާތާއެކު ކޮޅުނބުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފި
ގޮވާތަކެތި ބަރުކޮށްފައިވާ ވޭނަކާއި ކުޑަލޮރީއެއް ކޮޅުނބުގައި ދުއްވަމުންދާާ ކަމަށްބުނެ މައުލޫމާތު ލިބިފައިވާތީ ކޮޅުނބުގެ ސަލާމަތީ ކަންތައްތައް އިހުނަށްވުރެ ވަރުގަދަކުރަން ފަށައިފިއެވެ.
ބީބީސީ ސިންހަލައިގެ ރިޕޯޓަރެއް ކަމުގައިވާ އައްޒާމް އަމީން ރިޕޯޓްކުރާ ގޮތުގައި ވޭނަކާއި ލޮރީއަކުން ގޮވާތަކެތި އުފުލަމުންދާ ކަމުގެ މައުލޫމާތު ލިިބިފައިވާތީ ކޮޅުނބުގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކެއް ވަނީ ހައި އެލާޓަށް ގެނެވިފައެވެ.
އެގޮތުން ކޮޅުނބުގެ މުހިންމު ތަންތަނުގައި ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި މިކަމާއި ގުޅިގެން ކޮލަމްބޯ ފޯޓް ސަރަހައްދުގައި ހުރި ގިނަ އޮފީސްތައް ވަނީ ބަންދުކޮށް، އެތަންތަނުގެ މުވައްޒަފުންތައް ގެއަށް ފޮނުވަން ފަށާފައެވެ.
ސްރީލަންކާ މިވަގުތުގައިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައިކަން ފާހަަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް