ރައީސް ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން އަންގައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާާނުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާޒިމާާ ޝުކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
މި ދެބޭފުޅުންވެސް ހާޒިރުކުރެވެނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތަކަކާއި ގުޅުންހުރި މައްސަލަތަކެއްގައެވެ.
އެގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ގައި އާޒިމާ ޝުކޫރު ހާާޒިރުކުރަނީ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.
ހަމަ އެ ދުވަހުގެ ހެނދުނު 11:30ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާާޒިރުުވުމަށް އަންގާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމުގެ ދައުވާގެ ޝަރީއަތަށެވެ.
މި ދެ ފަރާތަށްވެސް ދައުވާގެ ލިޔެކިޔުންތައް ވަނީ ހަވާލުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް