ޓެރަރިސްޓް ގްރޫޕަކުން ރިލްވާން ވަގަށް ނެގިކަމަށް ހާމަކޮށްފި
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ޓެރަރިސްޓް ގްރޫޕަކުން ވަގަށް ނަގާފައިވާ ކަމަށް، ގެއްލިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މަރުގެ މައްސަލަ ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ފާހަަގަކޮށްލެވޭ ގޮތުގައި މިއަދަކީ ރިލްވާން ގެއްލުނުތާ ފަސް އަހަރު ފުރޭ ދުވަހެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ދައުވާ ކުރެވޭނެފަދަ ހެއްކާއި އެކު ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައިވާ ޓެރަރިސްޓް ގްރޫޕް ރިޔާސީ ކޮމިޝަނަށް ހޯދިފައިވާ ކަމަށެވެ. އަދި މި ހެކިތައް މިމަސް ނިމުމުގެ ކުރިން ހާމަކުރުމަށް ވިސްނަމުންދާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ރިލްވާން ވަަގަށް ނެގުމުގެ ފަހުން ވީގޮތެއް އަދިވެސް ކޮމިޝަނުން ތަހުގީގުކުރަމުންދާކަމަށް ސުއޫދު ވަނީ ފާހަަގަކުރައްވާފައެވެ.
މީގެ އިތުރުން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ހަގީގަތް ހޯދާނެކަމަށްވެސް ސުޢޫދު ވަނީ ވިދަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް