ގަލޮޅުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގަލޮޅުގައިހުރި ގުދަނެއްގައި ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުން ރޯވެ އަނދަމުންދަނީ ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތް އެފްއާރ އެސް އިން ދަނީ ކުރަމުންނެވެ.

އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
އެންޑީއެމްއޭއިން މައުލޫމާތުދޭގޮތުން ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.
އަދި ދުމުގެ އަސަރު ހުރުމުގެ ސަބަބުން މި ގެޔާއި އިންވެގެން ހުރި 6 ގެޔަކުން ވަގުތީގޮތުން މީހުން ހުސްކުރެވުނު ނަމަވެސް މިހާރު މި ގެތަކުގެ މީހުން ގެތަކަަށް ވަނުމުގެ ހުއްދަ ވަނީ އެމް.އެން.ޑީ.އެފް ގެ ފަޔަރ އެން ރެސްކިއު ސަރވިސަސް އިން ދޫފައިވާ ކަމަށްވެސް ބުންޏެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް