ޕީޕީއެމްގެ އޮފީސްވެސް ހެދީ އެމްއައިޓީޑީސީގެ ފައިސާތަކުން: ރާާއިދު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީހެއް ހެދުމަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ޚަރަދުކުރިކަމަށް އެކުންފުނީގެ މެނޭޖިންްގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ބައްދަލުުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއިދު ވިދާޅުވީ ޕީޕީއެމްގެ ދެބުރި އޮފީހެއް އެޅުމަށް އެމްއައިޓީޑީސީގެ ފައިސާ ޚަރަދުކުރިކަން ކުންފުނީގެ ލިޔެކިޔުންތަކުން އެނގިފައިވާ ކަމަށެވެ.
އެގޮތުން ޕީޕީއެމްގެ އޮފީހެއް އެޅުމަށް 1.9 މިލިޔަން ރުފިޔާ ހަރަދުކުރިކަން ރާއިދު ވަނީ ފާހަގަކުރައްވާފައެވެ.
އެބޭފުޅާ މިއަދުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަަވަމުން ވަނީ އެމްއައިޓީޑީސީން ޕީޕީއެމް އޮފީސް އެޅުމަށް ހަރަދުކުރި ފައިސާ ލިބޭގޮތްވެސް ކިޔައިދެއްވާފައެވެ.
އެގޮތުން ރާއިދު ވިދާޅުވީ އެއީ ރިސޯޓުތަކުން ސީއެސްއާރުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީއަށް ދިން ފައިސާ ކަމަށެވެ.
ނަމަވެސް އެފައިސާ އޭރު ޓުއަރިޒަމް މިނިސްޓްރީއިން ޚަރަދު ކުރެވެން ނެތީތީ ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއަށް ލާރި ނަގާފައި އެލާރި ވައްދަނީ އެމްއައިޓީޑީސީގެ އެކައުންޓަށްކަމަށް ރާއިދު ވިދާޅުވިއެވެ.
މިއީ މަނީ ލޯންޑްރިންގެ މައްސަލައެއްކަމުން އެ މައްސަލަ އޭސީސީއަށް އެކުންފުނިން ވަނީ ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް