"މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ހޮވިއްޖެނަމަ ވަކިކަމެއް ކޮށްދޭނަމޭ ނުބުނެވޭނެ"
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ހޮވިއްޖެ ނަމަ ވަކިކަމެއް ނުވަތަ ކަންތައްތަކެއް ކުރައްވާނެ ކަމަށް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.
މައުމޫން މިގޮތަށް ފާޑުވިދާޅުވެފައި ވަނީ ރޭ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުގެ މަޖިލިސް ކެމްޕެއިން އިފްތިތާޚްކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަކި ކެންޑިޑޭޓެއްގެ ނަން ވިދާޅުނުވި ނަމަވެސް މައުމޫން ވިދާޅުވި ގޮތުގައި ބައެއް ކެންޑިޑޭޓުން ދާއިރާއަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ބަދަލެއް ގެނައުމުގެ ބާރު މަޖިލިސް މެމްބަރުންނަށް ލިބިގެންނުވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ ހަމައެކަނި ގާނޫނުތަކަށް ހަދައި، ގާނޫނުތަކަށް އިސްލާހު ގެނެސް، މަޖިލީހަށް ހުށަހެޅޭ ކަންތައްތަކުގައި ގޮތް ނިންމާ ބަޔަކަށް ވީ ހިނދު އެ ނިންމުން ތަންފީޒު ކުރުމުގެ ބާރު މެންބަރުންނަށް ނޯންނާނެ ކަން މައުމޫން ފާހަގަކުރެއްވިއެވެ.
މައުމޫން ވިދާޅުވި ގޮތުގައި ވަކި ދާއިރާއަކުން އިންތިޚާބުވި ނަމަވެސް މަޖިިލސް މެންބަރުންނަކީ މަޖިލިސް މެމްބަރުންނަކީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި ގޮތް ނިންމަން ތިބޭ ބައެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް