އަދާލަތުން ކުރިމަތިލަނީ މަޖިލީހުގެ 12 ގޮނޑިއަށް
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަަރާތުން ވާދަކުރުމަށް ހަމަޖެހިފައިވަނީ 12ދާއިރާއަކަށް ކަމަށް އެޕާޓީން ބުނެފިއެވެ.
އެޕާޓީން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުޔމަށް އިއުލާން ކުރި 13 ދާއިރާގެ ތެރެއިން 12 ދާއިރާއަކަށް 13 މީހަކު ވަނީ ކުރިމަތިލައިފައެވެ.
އަދާލަތު ޕާޓީއިން މައުލޫމާތު ދޭގޮތުގައި ދެފަރާތަކުން ޓިކެޓް ހޯދުމަށް ހުށައަޅާފައިވަނީ ރ.އިނގުރައިދޫ ދާއިރާއަށެވެ. އެހެންކަމުން އަންނަ ހުކުރު ދުވަހު އެޕާޓީން ވަނީ އެ ޓިކެޓަށް ޕްރައިމަރީއެއް ބޭއްވުމަށް ހަމަޖައްސާފައެވެ.
އަދާލަތުން ކުރިމަތިލާން އިއުލާން ކުރި 13 ދާއިރާގެ ތެރެއިން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ދާއިރާއަކީ ކުޅުދުއްފުށި އުތުރު ދާއިރާއެވެ.
އަދާލަތު ޕާޓީގެ ޓިކެޓްތައް ލިބުނު ފަރާތްތަކެއް އަދި އެޕާޓީން ހާމަކޮށްފައިނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް