ބްރިޖް ހައިވޭގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެއްޖެ
މިއަދު ހެނދުނު ބްރިޖް ހައިވޭ މަތިން ލައިސަންސް ނެތި ދުއްވި ސައިކަލެއް އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ހުޅުމާލެއިން މާާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް އޯވާޓޭކް ކުރުމަށްޓަކައި ކާރު ލޭންއަށް އެރިވަގުތުގައި، އެ ލޭންގައި ދުއްވާފައިދިޔަ ކާާރެއްގައި ޖެހި އެ ސައިކަލް 116ފޫޓް ދުރަށް ކަހާލައިގެން ގޮސް، ސައިކަލް ލޭންގައި ހުރި އެހެން ސައިކަލެއްގައި ޖެހުނު ކަމަށެވެ.
މި އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ ވިހި އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ގައިގެ އެކިއެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އޭނާ ދުއްވި ސައިކަލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މި އެކްސިޑެންޓްގައި ކަހާލައިގެންގޮސް ޖެހުނު ސައިކަލްގައި ތިބި މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް