އިސްލާމްދީން ނޫން ދީނެއް މިރާއްޖޭގައި ދުވަހަކުވެސް ނޯންނާނެ: ރައީސް ނަޝީދު
އިސްލާމްދީން ނޫން އެހެން ދީނެއް މިރާއްޖޭގައި ދުވަހަކުވެސް ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ.މާފަރުގައި އޮތް ކެމްޕެއިން ހަފްލާއެއްގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި އެންމެ މަތިވެރި މަގާމެއް ދެވިފައި އޮންނަނީ އިސްލާމްދީނަށްކަން އެންމެންނަށްވެސް އިނގޭ ކަމަށާއި އެހެންކަމުން ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އެމްޑީޕީއޭ ބުނެ ދޮގު ވާހަކަތައް ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިނގިލި ދިއްކޮށް ވަރަށްގިނަ ދޮގު ވާހަކަ ދައްކަމުން އެބަދޭ. އެއްބަޔަކު އެބަ ބުނޭ އަޅުގަނޑުމެން ބުދުފައްޅި އަޅާނެއޭ ނޫން އަޅުގަނޑުމެން އަޅާނީ އިރާދަ ކުރެއްވިއްޔާ މިސްކިތް. އިސްލާމް ދީންނޫން ދީނެއް އިރާދަ ކުރެއްވިއްޔާ މިރާއްޖޭގައި ދުވަހަކުވެސް ނޯންނާނެ"، ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިއަދުގެ ހަފްލާގައިވެސް މިހާތަނަށް އެންމެ ގިނަ މިސްކިތް އެޅީ އެމަނިކުފާނުގެ ވެެރިކަމުގައިކަމަށް ބުނާ ބުނުން ތަކުރާރުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް