އިނގުރައިދޫ ދެ ސްކައުޓުންގެ ހިތްވަރު، ދުނިޔޭގެ ޖަމްއިއްޔާއިން ބަލައިގެންފި
ރ.އިނގުރައިދޫގައި މޫދަށް މަސްހިފަން އެރެ އުޅެނިކޮށް، ގެނބެމުންދިޔަ ކުއްޖަކު ސަލާމަތްކުރި ދެ ސްކައުޓުންގެ އަގު، ދުނިޔޭގެ ސްކައުޓުންގެ ޖަމްއިއްޔާއިން ވަޒަންކޮށްފިއެވެ.
އެގޮތުން ދުނިޔޭގެ ސްކައުޓް ޖަމްއިއްޔާއިން ވަނީ މި ދެކުދިންގެ ހިތްވަރުގަދަކަމުގެ ވާހަކަ ގެނެސްދީ، މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނުން އެ ދެކުދިންނަށް ޝަރަފު އެރުވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
މި ދެކުދިންގެ ވާހަކަ މީގެ ކުރިން ވޮއިސްގައި ކިޔުންތެރިންނަށް ވާނީ ގެނެސްދެވިފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ މޫދަށް އެރި މަސްހިފަން އުޅުނު ތިން ކުއްޖަކާއި މެދުގައެވެ. ވޮއިސް އަށް މައުލޫމާތު ދެމުން އެކުއްޖާގެ އާއިލާ ބޭފުޅަކު ވިދާޅުވީ މަސް ހިފަން ގޮސް އުޅުނީ 14،15 އަދި 16 އަހަރުގެ ތިންކުދިން ނެވެ. އެކުދިން މަސް ހިފަންދިޔައީ އިނގުރައިދޫ އިރުމަތީ ކޮޅުގެ ފުއްޓަރުން ބޭރަށެވެ.
"އޭގެތެރެއިން އެއްކުއްޖަކު ފާނަ އަކަށް ދަގަނޑު ޖަހައި ނުނެއްޓިގެން އުޅުނީ. އަދި ދަގނޑުގައި އޮތް ވާގަނޑު ދެއަތުގައި ބެދި ނުނެއްޓި މޫދު އަޑީގެ 6 މީޓަރ އަޑީގައި ނޭރި ހަބަރު ހުސްވާ ގޮތް ވެފައި އޮއްވާ ދެން ދިޔަ ދެކުދިންނަށް ފެނުނީ. އެ ދެކުދިން ވެގެން ގެނބުނު ކުއްޖާ ނެގި އިރު ރަގަޅަށް ނެވާވެސް ނުލެވޭ، ހަބަރު ހުސްވެފައި، އަނގައިން ހުދު ފޮނު އަރާފައި އޮތީ ނަމަވެސް ދެންތިބި ދެކުދިން އަކީ އިނގުރައިދޫ ސުކޫލްގެ ސްކައުޓުން ކަމުން އެދެކުދިން އޭނާއަށް އަވަސް ފަރުވާ ދިނުމުގެ ސަބަބުން ސަލާމަތްވީ" އެރަށުން މައުލޫމާތު ދިން ފަރާތެއް ބުންޏެވެ.
ގެބުނު ކުއްޖާ ސަލާމަތް ކުރި ދެކުދިންނަށް ދަނީ ސޯޝަލް މީޑިޔާގައ ވަރަށް ބޮޑަށް ތަރުހީބު ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް