މަގުމަތީ ބާޒާރުތައް ގިނަވެގެން 10 ދުވަހު ބޭއްވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި
ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ގިނަވެގެން 10 ދުވަހު ބޭއްވޭ ގޮތަށް އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އުސޫލަށް ބަދަލު ގެނެސްފިއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލު ބުނާގޮތުން، ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ބޭއްވޭނީ ގިނަ ވެގެން 7 ދުވަހަށެވެ.
އެހެންނަމަވެސް، އެ ވުޒާރާއިން މި އުސޫލަށް ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ އުސޫލުގައި މި މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފައެވެ.
ހެޔޮ އަގުގައި ރައްޔިތުންނަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށް ބާއްވާ މި މާކެޓްތައް އާއްމުކޮށް އަލްޙާ އީދާއި ފިތުރު އީދާއި ރޯދަމަސް ފަދަ ދުވަސްތައް ކައިރިވުމުން ބާއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް