ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގަލޮޅު ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ ރެސްކިއުޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ. މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިއުއަށް ލިބިފައިވަނީ މިރޭގެ 22:49 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި މި ހާދިސާ އާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ޑިޒާސްޓާ އޮފީހުންވެސް ވަނީ އެ އިދާރާއިން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް