މެންބަރުންނަށް ވޯޓު ވިއްކުމުގެ ފުރުސަތު އޮވެގެން ނުވާނެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ވިއްކުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު މެދު ދާއިރާގެ ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ކެމްޕެއިން އިފްތިތާހުކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުންކަމަށާއި، ރައްޔިތުން ބޭނުންވާ ބޭފުޅަކު އެތަނުގައި އިންނާނެކަމަށެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ބިލު މަޖިލީހުގައި ފާސްވާން ޖެހޭކަމަށާއި ޕާޓީ ބަދަލުވެގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ރައްޔިތުން ވަކި މީހަކަށް ވަކި ޕާޓީއަކުން އިތުބާރު ދީފައި އޭނާ މަޖިލީހަށް ދިޔުމުން އެކަން ބަދަލުވެގެން ނުވާނެ ކަމަށް ފާހަގަކުރައްވައި، އެކަމުގެ ގާނޫނީ ހައްލެއްގެ ގޮތުން އެންޓި ޑިފެކްޝަން ގާނޫނު އަލުން އެކުލަވާލަން ޖެހޭ ކަމަށާއި މަޖިލީހުގައި އެ ބިލު ފާސް ކުރަން ޖެހޭ ކަމަށް ރޭ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެކަންވެސް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް