ކުޑަގޮޅީގައި އެކަނި ބަލި ހާލުގައި ކުރި ދުޢާ އިޖާބަކޮށްދެއްވައިފި: އަދީބް
ކުޑަ ގޮޅީގައި އެކަނި ބަލި ހާލުގައި އޮވެ ﷲއަށް ކުރި ދުޢާ އިޖާބަކޮށްދެއްވައިފި ކަމަށާއި އެކަމަށް ﷲ އަށް ޝުކުރުވެރިވާކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.
އަދީބް އެހެން ވިދާޅުވެފައިވަނީ އޭނާގެ މައްޗައް ކުރެވިފައިވާ ހުރިހާ ޖަލު ހުކުމް ތަކުން މިއަދު މިނިވަންވުމާއެކު ކުރެއްވި ޓުވީޓެއްގައެވެ.
"އެ ކުޑަ ގޮޅީގަ އެކަނި އަނދިރީގައި، ބަލި ހާލުގަ، އެތައް އަހަރުތަކެއް ވަންދެން އެންމެ ގިނައިން މިއަޅާ ކުރި ދުޢާ އިޖާބަކޮށްދެއްވާ، އިންސާފް ހޯދައި ދެއްވާ މިއަޅާ ސަލާމަތް ކޮށްދެއްވި މާތްﷲ އަށް ހަމްދާ ޝުކުރު ކުރަން. ٱلْـحَـمْـدُ للهِ" އަދީބް ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
އެޓުވީޓާއެކު އޭނާ ވަނީ ސުރަތުލް އަންބިޔާގެ 87 ވަނަ އާޔަތާއި އޭގެ މާނަ ހިމެނޭ ފޮޓޮއެއް ހިއްސާކުރައްވާފައެވެ.
Eh kuda golheega ekani andhireega, bali haaluga, ethah aharuthkeh vandhen emme ginain mi alhaa kuri dua ijaaba kohdhevaa, insaafu hoadhaa dhehvaa mi alhaa salaamaiy kohdhevi Maiy Allah SWT ah Hamdhaa Shukuru kuran, Alhamdhulilaahi. pic.twitter.com/DEnbWD51sh
— Ahmed Adeeb (@Ahmed_Adeeb) May 30, 2019
މިއީ ބޮޑު މަހުގެ ބަޑު ތެރޭގައި އޮންނަވައިގެން ޔޫނުސް عليه السلام ކުރެއްވި ދުޢާއެވެ. މި ޛިކުރަކީ ހިތާމަތައް ނެތިކޮށްލައި، އުފާވެރިކަން ގެނެސްދޭ ޛިކުރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް