ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވީ ޗައިނާ ފަތުރުވެރިއެއް: ފުލުހުން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އއ. އަތޮޅު ގަންގެހި ރިސޯޓު ފަޅުތެރެއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއެއްކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ފަތުރުވެރިއަކު މަރުވެގެން އިއްޔެގެ 11:22 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމަށް ހެލްތް ސެންޓަރުގެ އޮފިޝަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެ މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. އެމިހާއަކީ 27 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ މަރުގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް