އެންސްޕާގެ މުހިންމު 5 ޕްރޮގްރާމެއް ތައާރަފްކުރުން...
އެންސްޕާގެ މުހިންމު 5 ޕްރޮގްރާމެއް ތައާރަފްކުރުން...
ހަބަރު 31 Dec 2025 | 12:18

އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ރައްޔިތުންގެ އަތުން ކުރަންޖެހޭ ހޭދަ ނިމުމަކަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އަމިއްލަ ހޮސްޕިޓަލް ތަކަށާއި ކްލިނިކްތަކުން ހޯދުމަށް ކުރަންޖެހޭ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެންސްޕާއިން މިއަދު ވަނީ އެ އިދާރާއިން ފެށުމަށް ނިންމި މުހިންމު 5 ޕްރޮގްރާމެއް ތައާރަފްކޮށް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމްތައް އިފްތިތާހްކޮށްދެއްވީ، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.

މިއަދު ތައާރަފްކުރި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކުން އާއްމުން ހޯދަމުން އަންނަ ހިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީ ހިދުމަތްތައް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖެއްސުން ހިމެނެއެވެ. މީގެ ތެރޭގައި ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖެއްސުން ހިމެނެެވެ.

އެންސްޕާގެ މުހިންމު 5 ޕްރޮގްރާމެއް ތައާރަފްކުރުން...

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ވަކިވަކި ފަރުދުންގެ ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަކީ، މުޅި މުޖުތަމައުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަމަށާއި، ސިއްހީ ހިދުމަތް ތަރައްޤީކުރުމާއި ސޯޝަލް ޕްރޮޓެކްޝަންގެ ތެރެއިން ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެމުން އަންނަ ކަމެއްކަމަށެވެ. އެކަމަށްޓަކައި ސިޔާސަތައް އެކަށައެޅި އެކަންކަން ތަންފީޒްކުރައްވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދު ތައާރަފްކުރި އިތުރު ހިދުމަތްތަކުގެ ތެރޭގައި ތެލަސީމިއާ ފަރާތްތަކަށް ކޮންމެ މަހަކަށް 2،000 ރުފިޔާ ލިބޭ އެލަވަންސެއް ހަމަޖެއްސުމާއި، ފިލިޕީންސްގައި ދިރިއުޅެމުންދާ ދިވެހިން ބޭސްފަރުވާކުރުމަށް ހޭދަވާ ހަރަދުގެ 65 އިންސައްތަ މެރަނަ ސްކީމްގެ ދަށުން ހަމަޖެއްސުން ހިމެނެއެވެ.

ސިއްހީ ފަރުވާގެ އެކިއެކި ހިދުމަތްތައް އަމިއްލަ ކްލިނިކްތަކުން ހޯދުމަށް ރައްޔިތުންގެ އަތުން ބޮޑު ހޭދައެއްކުރަން ޖެހުމަކީ ބައެއް ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެކެވެ. އެގޮތުން ކްލިނިކްތަކުން ތެރަޕީތަކަށާއި، އެނޫންވެސް ހިދުމަތްތަކަށް އަމިއްލަ ޖީބުން ބޮޑު ހޭދައެއްކުރަންޖެހޭކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...