ރައީސް ޑރ.މުޢިއްޒު، އޭއައި ބޭނުންކުރުމާއި ގުޅޭގޮތުން ގޫގުލްއާއިއެކު މަޝްވަރާކުރައްވައިފި
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކުރުމާއި ގުޅޭގޮތުން ގޫގުލް އާއި އެކު ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޑރ.މުޢިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ގޫގުލް އޮފީހަށް ރައީސް ޑރ.މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ.
ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު، ގޫގުލްގެ ޓީމާއިއެކު ރައީސް ޑރ.މުޢިއްޒު ބައްދަލުކުރައްވައި، އެމަނިކުފާނު ވަނީ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް