ދިޔާނާއަށް ވެސް ޕްރައިމަރީން ނާކާމިޔާބު
މަޝްހޫރު ގާނޫނީ ވަކީލާ އަދި ވިޔަފާއިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ގއ. ވިލިނގިލީ ދާއިރާގެ ޕްރައިމަރީ ނާކާމިޔާބުވެއްޖެ އެވެ.
ދިޔާނާއާ އެކު ވިލިނގިލީ ދާއިރާއަށް އެކު ޖުމުލަ ހަތަރު ބޭފުޅުން ވާދަކުރެއްވި އެވެ. އެއީ ދިޔާނާގެ އިތުރުން މުހައްމަދު ފައުޒީ އާއި މުހައްމަދު ހަލީލު އާއި ހާރޫން ރަޝީދު އެވެ.
ޕްރިމަރީ ކާމިޔާބުކުރެއްވީ ހާރޫން ރަޝީދު އެވެ.
މިއަދު ބޭއްވި އެމްޑީޕީ މަޖިލިސް ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީން އެކަމަނާ ނާކާމިޔާބު ވަޑައިގެންނެވިއިރު އެކަމަނާގެ ފިރިކަލުންވެސް ވަނީ ޕްރައިމަރީން ނާކާމިޔާބީއާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންފައެވެ.
ދިޔާނާއަކީ ސާކްގެ ސެކެޓްރީ ޖެނެރަލްކަމާއި ބަންޑާރަނައިބް ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް