ކުރިން ރޭވިގޮތަށް ސަރުކާާރުގެ ފުރަތަަމަ ސަތޭކަ ދުވަހުގެ ތެރޭގައި ސިޓީ ސްކޮޔާ ނުނިމޭނެ: އައްޑޫ މޭޔަރ
އައްޑޫ ސިޓީގެ ހިތަދޫގައި ތަަރައްގީކުރަމުންދާ ސިޓީ ސްކޮޔާގައި ދިދަ ނެގޭވަރުވާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ކުރިން ރޭވިގޮތަށް ސަރުކާާރުގެ ފުރަތަަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެ ސިޓީ ސްކޮޔާގެ މަސައްކަތް ނުނިމޭނެކަމަށާއި އެގޮތަށް މެދުވެރިވީ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ލިބުމަށް ދަތިވުމުގެ ސަަބަބުން ކަމަށެވެ.
އެގޮތުން މިހާރު ނިންމާފައިވަނީ ބޮޑުއީދުގެ ތެރޭގައި އެ ސިޓީ ސްކޮޔާ ހުޅުވައި، ޖުމްހޫރީ ދުވަހުގައި އެތަނުގައި ދިދަ ނެގުމަށްްކަމަށް ސޯބެ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ސްކޮޔާ އެންމެ ފުރަތަަމަ ހުޅުވާފައިވަނީ 2011ވަނަ އަަހަރުގެ ސާކް ސަމިޓްގެ ތެރެއިންނެވެ.
އެ އަހަރުގެ ޖުމްހޫރީ ދުވަހު އެތަނުގެ ދިދަ ދަނޑީގައި ބޮޑު ދިދަވެސް ނެގިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް