މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަން ފަށައިފި
ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އިސްވެ ތިބެ ފެއްޓި މި މަސައްކަތުގައި މިނިސްޓަރ ޔުމްނާާ މައުމޫންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިނިސްޓަރުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން އާއި ކަލްޗަރަލް ހެރިޓޭޖް މެނޭޖަރު އަހްމަދު ހާޝިމް އާއި ރިޝާޗް އެނަލިސްޓް އަލާ ދީދީ އާއި ނާޖިހު މުހައްމަދު އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު ޒާހިރު (މޒ) އާއި މާފަންނު މެދު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެ މަސައްކަތުގައި އާންމުންގެ ފަރާތްތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެެރެއިން ހުކުރު މިސްކިތުގެ ގޯތިތެރޭގައި ވެލި ކަހައި، ދޮންވެލި ލުމަށްފަހު ވަޅު ދިޔަ ހިއްކައި، ހަރިންމަ ފާރުގަ ކުލަލައި މިސްކިތުގެ ގަބުރުސްތާން ސާފުކުރުންވެސް ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް