ރޯވި ސަރަހައްދުގައި އިތުރު ހަށިގަނޑެއް އޮތްތޯ ބަލަނީ
މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި އަލިފާން ރޯވި ސަރަހައްދުގައި އިތުރު ހަށިގަނޑެއް އޮތްތޯ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުލުހުން ބުނީ އެއީ މިހާދިސާގެ ފޮރެންސިލް ތަހުލީލުތަކުގެ ތެރެއިން ކުރަމުންދާ ކަމެއްކަމަށެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ފޮރެންސިކް ތަހުލީލުތަކުގެ ތެރެއިން އެތަނުގައި އެހެން ހަށިގަނޑެއް އޮތްތޯ ބަލަމުންދާ ކަމަށާއި އެއީ އެ ހާދިސާއާއި ގުޅިގެން މީހުން މަދު ވާހަކަ ރަށުތެރޭގައި ދެކެވެމުންދާތީ ކަމަށެވެ.
-ތަފްސީލް އަންނަނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް