އެމްއެމްޕީއާރްސީގެ މައްސަލައިގައި ގިނަބަޔަކަށް ދައުވާކުރަން ފޮނުވިން: އޭސީސީ
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވިކަމަށް އޭސީސީން ބުނެފިއެވެ.
އެކުންފުނީގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަަވަމުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން ޖުމްލަ 158ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުނު ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން އެއްވެސް ފަރާާތެއްގެ މައްޗަށް ދައުވާ އުފުލިކަމުގެ މައުލޫމާތު ލިިބިފައިނުވާކަމަށް މުއައްވިޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އިތުރު ތަފްސީލްތަކަށް މިއަދުގެ ބައްދަލުވުމުގައި މުއައްވިޒް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެބޭފުޅާ ވިދާޅުވީ ގާނޫނާއި ޚިލާފަށް ދޫކުރި 67 ރަށެއްގެ މައްސަލަ އޭސީސީން ބެލި ކަމަށެވެ.
މީގެ އިތުރުން ރަށްތައް ދޫކޮށްފައިވަނީ އިޖުރާއަތްތައް އިސްފަސްކުރުމަށްފަހުގައިކަން މުއައްވިޒް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް ފަޅުރަށްތައް ރައީސް އޮފީހުން ހުއްދަ ދޫކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް