"ހުވަފެނީ ތަސްވީރު" ލަވައިގެ ކިޔުންތެރިޔާ ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ކްރިއޭޓިވް ނެޓްވޯކުން ދާދި ފަހުން އާންމުކުރި "ހުވަފެނީ ތަސްވީރު" ލަވައިގެ ކިޔުންތެރިޔާ ދިމާކުރާ ފަރާތަކަށް ސީރީޒް ލޯންޗުކުރާ ދުވަހު ޚާއްޞަ ހަދިޔާއެއް ދިނުމަށް ނިންމައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިޝްތިހާރުކުރަމުން ގެންދިޔަ މިޝަން ޖޭޖޭ ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މިހާރު ރަސްމީކޮށް ފެށިފައިވާއިރު، އެކުންފުނިން ވަނީ ހުވަފެނީ ތަސްވީރު ލަވަ ދިމާކުރުން މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އެގޮތުން ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހަދިޔާ ލިބޭއިރު، ލަވަކިޔުންތެރިޔާ ދިމާކުރުމުގެ ފުރުސަތު މީސްމީޑިއާ މެދުވެރިކޮށް ވަނީ ހުޅުވާލާފަްއެވެ.
ކްރިއޭޓިވް މީޑިއާއިން ބުނީ، "ހުވަފެނީ ތަސްވީރު"ލަވައަށް ގިނަ ފަރާތްތަކެއްގެ ސަމާލުކަން ލިބިފައިވާކަމަށެވެ. ލަވައިގެ އަޑުގެ ވެރިޔާއަކީ ކާކުކަން އެނގުމަށް ގިނަ ބަޔަކު ޝައުޤުވެރިވެފައި ތިބި ނަމަވެސް ކްރިއޭޓިވް ނެޓްވޯކުން ބުނާ ގޮތުގައި ލަވަކިޔުންތެރިޔާއާއި ޕްރޮޖެކްޓާ ބެހޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ. ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ތަފުސީލުތައް ހިއްސާކުރަމުންދާނޭކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާ ކްރިއޭޓިވް ނެޓްވޯކުން އެންމެ ފަހުން ގެނެސްދީފައިވަނީ ފިލްމު ލިލީއެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، މި ފިލްމު ޕްރިމިއާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް