ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ކަންކަން މެކުހަށް!
އައްޝައިޚް މުހައްމަދު ދީދީ އިސްވެ ހުންނަވާ އުފެއްދަވާ ނޭޝަނަލް ރިފޯމް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ބާރު މިނެއްގައި ކުރިއަށްދާ ކަމަށް އެޕާޓީން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޝައިޚް ދީދީ ވިދާޅުވީ އެންއާރްޕީގެ މެންބަރޝިޕް ފޯމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވާފައިވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެޕާޓީއަށް މެންބަރުން ގުޅެމުންދާ ކަމަށެވެ.
މިގޮތުން އިލްމީ އަދި ގާބިލު ގިނަ ފަރާތްތައް އެޕާޓީއާއި ގުޅެމުންދާކަމަށާއި، އެފަދަ އެހެން ފަރާތްތަކާއި އާންމުންނަށްވެސް އެޕާޓީއާއި ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ދީދީ ވިދާޅުވިއެވެ.
އެންއާރްޕީ އިން ވަނީ އެޕާޓީއަށް ގުޅެން ބޭނުންވާ ފަރާތްތަކުން، އެފާޓީއަށް ގުޅާލުމުން ފޯމް ފުރުމުގެ އިންތިޒާމް ހަމަ ޖައްސާނެކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް