މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްގެ ފޮޓޯ އާންމުކޮށްފި
މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ، ފޮޓޯއިން ފެންނަ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ފުވައްމުލަކު ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.
އެހެންކަމުން ވީމާ ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް