އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް ގައުމީ ކެމްޕެއިނެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ގައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދިއްތާ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި ކެމްޕެއިން ކުރިއްދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އެހީތެރިކަމާއެކުގަ އެވެ.
މި ކެމްޕެއިން ހިންގަވާނެ ތާރީހަކާއި ގެންދަވާނެ ގޮތެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް