އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެންސިސް ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އެންސިސް ގުދަނުގަ އެވެ. ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުދަނުގެ ތެރެއިން ވަރަށް ބޮޑަށް ދަނީ ދުން އަރަމުންނެވެ. އަދި މުޅި ސަރަހައްދަށް ވެސް ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

ފުލުހުން ވަނީ އެ ސަރަހައްދަށް ނުދާން އާންމުންގެ ކިބައިން އެދިފަ އެވެ. އަދި އެ ސަރަހައްދުގައި އުޅޭ މީހުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް