މިދިޔަ ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ
މިއަަހަރުގެ ތިންވަނަ ކުއާޓަރގައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކުރި ކުއާޓަލީ އެކޮނޮމިކް ބުލެޓިންގައި ވާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ޖުމްލަ އާމްދަނީގެ އަދަދަކީ 5.6 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާއި އަޅާބަލާއިރު، 8.5 މިލިޔަން ރުފިޔާ މަދު އަދަދެކެވެ.
މިދިޔަ ކުއާޓާގައި އެންެމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓީޖީއެސްޓީންނެވެ.
ތިންވަނަ ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވަނީ ޓެކުހުން ލިބޭ އާމްދަނީގެ އިތުރުން ދެންހުރި އާމްދަނީ ވެސް މަދުވުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މިގޮތުން ލޭންޑް އެކުޒިޝަން ކޮސްޓް އަދި ކޮންވާރޝަން ފީގެ ގޮތުގައި ލިބޭ އާމްދަނީ އެ މުއްދަތުގައި ވަނީ މަދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް