މަރުވެފައި އޮއްވާ ފެނުނު މީހާގެ ފުށުން ޝައްކުކުރެވޭފަދަކަމެއް ނެތް: ފުލުހުން
މާފަންނު ސަރަޙައްދުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ކިބައިން ޝައްކުކުރެވޭފަދަ އެއްވެއް އަލާމާތެއް ފެންނާން ނެތްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލް, އުމުރުން 57 އަހަރުގެ އަހުމަދު ފަޔާޒް ކަމަށެވެ.
އެ ގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ފަޔާޒް މަރުވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:33 ގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މަރާ ގުޅިގެން ތުހުމަތުކުރެވޭ ފަދަ ކަމެއް ވެސް ނެތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް