އެމްއެމްއޭ ފައިނޭންސް ފޯރަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ބުނީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު 6 ޖޫންއަށް އިތުރުކޮށްފައިވާކަމަށެވެ. މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ޚިދުމަތްދޭ ގިނަ ބަޔަކާ އެއްތަނަކުން ބައްދަލުވެ މައުލޫމާތު ލިބިގަނެވޭނެ މަގުފަހިކުރުމަށާއި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި އަހަރުގެ އެކްސްޕޯގައި ވެސް މާލީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އާ ޚިދުމަތްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރާނެއެވެ.
އެމްއެމްއޭއިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފައިނޭންސް ފޯރަމް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް