އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮރަޕްޝަނާއި ޚިޔާނާތުގެ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފިއެެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 21 ވަނަ ދުވަހު، ފުލުހުން ޕީޖީ އޮފީހަށް ލިޔުންތައް ފޮނުވާފައިވާ ކަމަށެވެ
މިއީ ފުލުހުންނާއި އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށްފަހު ހުށައެޅުނު މައްސަލަތަކެއް ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަދީބުގެ މައްޗަށް މިހާރުވެސް އެމްއެމްޕީއާރްސީގެ މައްސަލައެއްގެ ދައުވާ ވަނީ އުފުލިފައެވެ. އެއީ ސުޕްރީމްކޯޓުގައި ބަލަމުންދާ ޅ.މާބިންހުރާގެ އެކުއިޒިޝަން ކޯސްޓަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެވެ.
މި މައްސަލައާއި ގުޅިގެން އަދީބުގެ ޕާސްޕޯޓް ވަނީ ހިފެހެއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް