ސްވިޑެންއިން ރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ އޮނަރަރީ ކޮންސިއުލްއަކަށް މަރީ!
ސްވިޑެންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސިއުލަރގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރ މަރިޔަމް ވަހީދާ (މަރީ) ހަމަޖައްސައިފިއެވެ.
އެމަގާމަށް މަރީ ހަމަޖެއްސިކަން އޭނާ ވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
އެ ޕޯސްޓުގައި މަރީ ވަނީ ސްވިޑެންގެ ރަސްގެފާނު ކާރލް ގުސްޓަފޯންއަށް ޝުކުރުއަދާކޮށްފައެވެ. މިއީ އިންޓަރވިއުއަކާއި އެކު މި މަގާމަށް ފަރާތެއް އައްޔަންކުރެވުނު ފުރަތަމަ ފަހަރުކަމަށް މަރިޔަމް ވަހީދާ ވަނީ ފާހަގަކުރައްވާފައެވެ.
މަރީ ވަނީ މި ޕޯސްޓްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
މަރިޔަމް ވަހީދާ މިވަގުތު ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިޔާގެ ބޯޑް މެންބަރެއްގެ މަގާމުވެސް އަދާކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް