12 އަަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
12އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އުތުުރުގެ ރަށެއްގައި ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އިއްޔެގެ ވަގުތެއްގައިވަނީ ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ.
މި މީހާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް