ކައުންޓަރ-ޓެރަރިޒަމް އެއްބަސްވުމެއްގައި ރާއްޖެއާއި އެމެރިކާއިން ސޮއިކޮށްފި
ނިރުބަވެރިކަމުގެ ހަރަކާތްތައް ހުއްޓުވުމާއި ބެހޭ އެއްބަސްވުމެއްގައި ރާއްޖެއާއި އެމެރިކާއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިވަގުތު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ސްޓޭޓް އޮފް ބިއުރޯ އޮފް ކައުންޓާޓެރެރިޒަމްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓާ އެލީނާ ރޮމަނޮސްކީ އެވެ.
މިއަދު ސޮއި ކުރި ކައުންޓާޓެރެރިޒަމްގެ އެގްރީމަންޓުގެ ދަށުން ރާއްޖޭގައި ކައުންޓާޓެރެރިޒަމް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ވަރުގަދަކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް