"ބޯލް ޗޫޅިޔާ"ގައި ނަވާޒުއްދީން އަދި މޯނީ
ވުޑް ޕެކާ މޫވީސް ގެ ދަށުން އުފައްދާ ފިލްމު " ބޯލް ޗޫޅިޔާ" ގައި ފެނިގެންދާނެ ތަރިންނަކީ ނަވާޒުއްދީން ސިއްދީގީ އަދި މޯނީ ރޯއި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޝާމާސް ސިއްދީގީ ޑައިރެކްޓް ކުރާ މިިފިލްމުގެ ޕްރޮޑިއުސަރ ބުނެފައިވަނީ ނަވާޒްއާއި މޯނީގެ ކެމިސްޓްރީ އެފިލްމުގައި ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށާއި، ދެމީހުންނަކީ ވެސް މޮޅު ދެތަރިންކަމަށެވެ. އެފިލްމުގައި މޯނީ ރޯއީ ފެނިގެންދާނީ އޭނާއާއި ވަރަށް ގުޅޭނެ ރޯޅަކުން ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ބުނެފައިވެއެވެ.
އެފިލްމުގައި އޭނާގެ ރޯލާއި ގުޅޭ ގޮތުން ވާހަކަދައްކަމުން މޯނީ ބުނެފައިވަނީ އެފިލްމުގައި އޭނާއަށްއ ލިބިފައިވާ ރޯލާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެފިލްމުގައި މަސައްކަތް ކުރަން އޭނާ ވަރަށް "އެކްސައިޓް" ވެފައިވާކަމަށް ވެސް މޯނީ ބުނެފައިވެއެވެ.
މޯނީ ބުނެފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގެ އެހާކުރީކޮޅު ނަވާޒުއްދީން ސިއްދީގީ ފަދަ މަޝްހޫރު ތަރިއަކާއެކު ފިލްމެއްކުޅުމަށް ފުރުސަތު ލިބުނީ ގަބޫލުކުރަންވެސް ދަތިކަމަށެވެ.
"ބޯލް ޗޫޅިޔާ"ގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. ނަމަވެސް އަދި ވަކި ތާރީޚެއް ފައިނަލް ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް