ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒު އައްޔަންކުރައްވައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕއިުޓީ ކޮމިޝަނަރަކަށް އިބްރާހީމް މަފާޒު އައްޔަންކުރައްވައިފި
އޮސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ކަސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މަފާޒް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ މަޤާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މަފާޒު މި މަގާމަށް އައްޔަންކުރެއްވިކަން ކަސްޓަމްސް އިން ވަނީ އިއްޔެ އެކްސްގައި ރަސްމީކޮށް އަންގާ އިއުލާނުކޮށްފައެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޓްވީޓުގައި ބުނެފައިވަނީ މަފާޒްއަކީ އެ އިދާރާއަށް 27 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
މީގެ ކުރިން މަފާޒު ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓުގެ މަގާމުގައެވެ.
މަފާޒުގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ދެން ތިއްބަވަނީ ފާތިމަތު ދިޔާނާ އާއި އަބްދުالله ވަހީދު އަދި މަހުމޫދު ރިޔާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް