އައްޑޫ ސިޓީ ފޭދޫގައި ސައިކަލެއްގައި ރޯކޮށްލައިފި
އައްޑޫ ސިޓީގެ ފޭދޫގެ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޯކޮށްލައިފިއެވެ.
މި ސައިކަލްގައި ރޭ ދަންވަރު ރޯކޮށްލާފައިވަނީ ގޭތެރޭގައި ހުއްޓާ މަގުމައްޗަށް ނެރެލުމަށް ފަހުގައެވެ.
މިކަމުގެ ޚަބަރު ލިބުމާއި ގުޅިގެން ފުލުހުންގެ ގޮސް ބެލިއިރު ބޭނުން ނުކުރެވޭ ވަރަށް ސައިކަލް އަންދާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށައިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް