ޗައިނާގެ އަތުން އިސްތިގްލާލް ވަނީ އަނބުރާ ގަންނަން ޖެހިފައި: ރައީސް ނަޝީދު
ދިވެހިރާއްޖޭގެ އިސްތިގްލާލް އަލުން އަނބުރާ އިންޑިޔާގެ އަތުން ގަންނަން ޖެހިފައިވާ ހާލަތަކަށް އައިސްފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ލިބުނު ފައިސާތަކާއި އެ ފައިސާތައް ޚަރަދުކުރެވުނު ގޮތް ބަލަން އޮޑިޓެއްކުރަމުންދާކަމަށެވެ. ރައީސް ޔާމީން ވަނީ ޗައިނާއަށް ގައުމު ވިއްކަވާލައްވާފައިކަމަށާއި، ކުރުގޮތަކަށް ބުނާނަމަ ޗައިނާ އަތުން ރާއްޖޭގެ އިސްތިގްލާލް އަނބުރާ ގަންނަން ޖެހިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޗައިނާއަށް ދޭންޖެހޭ ފައިސާ ދޭނެކަމަށާއި އެކަމު ދިވެހިން އެންމެ ލޭތިއްކެއްވެސް އެގައުމަށް ނުދޭނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި ދިވެހިން އެދޭފަދަ މުޖުތަަމައުއެއް ބިނާކުރެވިގެންދާނީ އިންޑިޔާއާއި އެކު ގާތް ގުޅުންތަކެއް ބޭއްވިގެންނެވެ. ސަަަބަަބަކީ ޗައިނާ އަކީ ރާއްޖޭގެ ޑިމޮކްރަޓިކް ޚިޔާލުތަކާއި ކުޑަކޮށް ބީރައްޓެހި ގައުމަކަށްވުމުން، އެކުގައި މަސައްކަތްކުރުން ދަތިވާނެތީކަމަށެވެ
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޞާލިހަށްވެސް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން ގޮތެއް ނިންމުން ރައީސް ޞާލިހަށް ދޫކޮށްލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް