މާލޭގައި ބިދޭސީންތަކެއް މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމްކޮށްލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގައި ބިދޭސީންތަކެއް މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، މާލޭގެ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ދެ މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ރޭ 12:33 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ ޒަޚަމް މީހުންނަށް، އައި.ޖީ.އެމް.އެޗްގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މާރާމާރީއާ ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެންމެން ވެސް މިހާރުވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި މާރާމާރީ ހިނގި ސަބަބާއި، އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް