ބިރުދެއްކުމުގެ މައްސަލައެއްގައި އޮމަދޫގެ ކައުންސިލަރަކު ހައްޔަރުކޮށްފި
ބަޔަކަށް ބިރުދެއްކުމުގެ މައްސަލައެއްގައި އދ.އޮމަދޫގެ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ބަޔަކަށް ތަކުރާރުކޮށް ބިރު ދައްކާ އިންޒާރު ދިން މައްސަލާގައި މިއަދު ހަވީރު 5:48 ހާއިރު ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ބަޔެއް މީޑިޔާާތަކުން ރިޕޯޓްކުރާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ކައުންސިލަރެކެވެ.
އޭނާ ވަނީ އެ ރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތަކުރާރުކޮށް ބިރުދައްކާފައިކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް