ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތްތައް ހުއްޓިއްޖެ
ކާޑެއްދޫ އެއާޕޯޓުގައި އޮންނަ އަލިފާން ނިއްވާ ވެހިކަލް ހަލާކުވުމާއި ގުޅިގެން އެ އެއާޕޯޓުގެ މަސައްކަތްތައް ހުއްޓިއްޖެެއެވެ.
މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް ނޫހަށް މައުލޫމާތު ދެމުން އެ އެއާޕޯޓަށް ފުރަން ގޮސްހުރި މީހަކު ބުނީ ދަތުރުތައް މެދުކަނޑާލިކަން އެނގުނީ މެންދުރު 1:00 ގައި ފުރަން އޮތް ފްލައިޓުން ފުރަން ދިއުމުން ކަމަށެވެ.
އެގޮތުން އެއާޕޯޓަށް ޖައްސަން އައި ބޯޓު ނުޖެއްސިގެން އަނބުރާ މިހާރު މާލެއަށް އެނބުރިިދިޔަ ކަމަށް އެ ފަސިންޖަރު ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސްއިން ވަކި އެއްޗެއް ނުބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް