ހައްޖުގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްހުރި ދިވެހި ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ޢުމުރުން 80 އަހަރުގެ ފާޠިމަތު ޙަފީޒާއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ، އޭނާ ނިޔާވީ ރޭގެ ވަގުތެއްގައިކަމަށެވެ.
އަދި މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދުގެ ފަހުން މަސްޖިދުލް ޙަރާމްގައިކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް