އިންތިޚާބުގެ ނަތީޖާ ބަލައެއް ނުގަންނާނަން: އަސްލަމް
މިދިޔަ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާނެކަމަށް އެޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވަނީ މިހެން ވިދާޅުވެ، އެމްޑީޕީގެ ސެކްރެޓޭރިއަޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަސްލަމް ވިދާޅުވީ އެ ވޯޓުގެ ކަންކަމުގައި އެބޭފުޅާގެ އިންތިޚާބީ ހައްގަށް އުނިކަން ލިބިފައިވާތީ މައިގަނޑު އެގާރަ ކަމެއް ފާހަގަކޮށް އެމްޑީޕީއަށް މައްސަލަ ހުށައަޅައި، ނަތީޖާ ގަބޫލު ނުކުރާކަމަށް ދަންނަވާފައިވާނެކަމަށެވެ.
މި އެގާރަ ނުކުތާާއާއި ގުޅޭ އިތުރު މައުލޫމާތެއް އަސްލަމް ހާމަކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އައްޔަންކޮށްފައިވަނީ 13،233 ވޯޓުންނެވެ. ޝިފާާޒާއި ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ލިިބިލެއްވީ 9957ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް