ސިނަމާލެ ބްރިޖްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި
ސިނަމާލެ ބްރިޖްގައި ސީސީޓީވީ ކެމެރާތައް ހަރުކޮށް ބޭނުން ކުރަން ފަށައިފިއެވެ.
މިކަން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައެވެ.
ސީޕީ ހަމީދު ވިދާޅުވީ ބްރިޖާއި އެއާއި ގުޅުނު ހައިވޭގައި ސަަވައިލެންސް ކެމެެރާ ހަރުކުރުމަށްފަހު، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އަދި ނަންބަރު ޕްލޭޓާއި ސްޕީޑް ދެނެގަނެވޭނެފަދަ ކެމެރާތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ހަމީދު ވިދާޅުވިއެވެ. އެބޭފުޅާ ވަނީ ފުލުހުންގެ ޓެކް ޓީމަށް މި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް