N/A
N/A
ހަބަރު 18 Nov 2019 | 15:52

ސަރުކާރަށް އެއް އަހަރު، އިސްލާމް ދީނަށް ގޮންޖެހުން ބޮޑު އަހަރެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު އަހަރެއް ފުރުނު އިރު، މިއީ އިސްލާމްދީނަށް ގޮންޖެހުން ބޮޑުވެގެން ދިޔަ އަހަރެކެވެ.

2018 ނޮވެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމުގެ ހުވާ ކުރެއްވިތާ މާގިނަ ދުވަހެއް ނުވެ އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކުން ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް، ދީނަށް ހަޖޫ ޖަހަންފެށިއެވެ.

ސަރުކާރަށް އަހަރު ފުރުނުއިރު ރައްޔިތުންނަށް މާ ބޮޑު މަންފާއެއް ލިބެ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ގައުމުގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މައިސަރުކާރުން ކަންކަން ކުރުމުގެ ބަދަލުގައި އަތޮޅުތަކާއި ރަށު ކައުންސިލުތަކަށް ބާރުތައް ދޫކޮށްލުމުގެ މަޝްވަރާތައް ވެސް ފެށިއެވެ.

ރައްޔިތުންނަސް ހަމަހަމަކޮށް ކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވެ، ޑިމޮކްރަސީގެ ވޮށް ދިއްލައިގެން ވެރިކަމަށް އައި ނަމަވެސް ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރާ މަންޒަރެއް ނުފެނެއެވެ. ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު، އަދިވެސް ފެނިގެންދަނީ ސިޔާސީ މަގާމުތައް ގިނަކުރާ މަންޒަރެވެ. ސިޔާސީ މަގާމުތަކުގައި ގާބިލު ހުނަރުވެރި މީހުންނަށް ވުރެ ގިނައީ ސިޔާސީ ޕޯޑިއަމްގައި އަޑުހަރުކޮށް ވާހަކަ ދެއްކި މީހުންކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ސިޔާސީ މަގާމުތަކުގައި 875 މީހުން ތިބިއިރު އެފަރާތްތަކަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން އަހަރަކު 300 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތް ކުޑަ މިގައުމު އިގުތިސޯދަށް ބަލާއިރު މިއީ ވަރަށް ބޮޑު އަދަދެކެވެ.

އަނެއްކޮޅުން ގައުމީ ވިސްނުމަށްވުރެ ސިޔާސީ ވިސްނުން އިސްކޮށް ވަކި ޕާޓީއެއްގެ އެޖެންޑާ ފުރިހަމަ ކުރުމަށްޓަކައި އެޖެންޑާ 19 ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

ނޫ އިގުތިސޯދަކާއި ޖަޒީރާ ރާއްޖެ އެއް ގެނެސްދޭ ވާހަކައެއް އިންތިހާބުގެ ތެރޭގައި ދެއްކެވި އެވެ.

ސަރުކާރު ކޯލިޝަނުން ޖަޒީރާ ރާއްޖެއަށް ރައްްޔިތުން ގެންދާނެ ވާހަކަ ދައްކަން ފެށުމާއެކު ފުރަތަމަ ދުވަހުވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ވަރަށް ބިރުހުރި ނުރައްކާތެރި އެޖެންޑާއެއް ކަމަށެވެ. އަދި އެއީ ދިވެހިންނާ ބީރައްޓެހި އެޖެންޑާއެއް ކަމަށެވެ.

ކަންކަން ވަމުން މިދަނީވެސް އިދިކޮޅު ފަރާތްތަކުން އެދުވަހު ދެއްކީ މުޅިން ދޮގު ވާހަކައެކޭ ބުނެވޭކަށް ނެތެވެ. ސަރުކާރަށް ތިން މަސް ފުރުނު އިރު އިސްލާމް ދީނާއި ވަރަށް ބީރައްޓެހި ރިޕޯޓެއް ނެރުނެވެ. ރިޕޯޓު ނެރުމުގެ މުގުލުގައި ތިބި މީހުންނަކީ ސަރުކާރުގެ ބައިވެރިންނެވެ. ބައެއް ފަރާތްތައް ތިބީ މީހާރުވެސް ސަރުކާރުގެ އިސް މަގާމުތަކުގައެވެ. އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލު (އިބުރާ) ގެ ކޮކޮ ޝަހިންދާ އިސްމާއީލު އިސްވެ ހުރެގެން އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅުންހުރި ފަރާތްތައް ތިބީ ސަރުކާރުގެ އިސް މަގާމުތަކުގައެވެ. އެކަމަށް ފިޔަވަޅު އެޅުމަށް ރައްޔިތުން ސަރުކާރުގައި އާދޭސްކުރި ނަމަވެސް ރިޕޯޓު ނެރުނު މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރު ވަނީ ފަހަތު ފަޔަށް ބުރަވެފައެވެ.

ރިޕޯޓު ނެރުމުގައި އިސް ދައުރެއް އަދާކުރި ޝަހިންދާއަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޖަލު އޮޑިޓްކުރާ ކޮމިޝަނުގެ މެންބަރުކަން ދިންއިރު، އެމްޑީއެން ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދަކީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ މަގާމުގައި ހުރި މީހެކެވެ. އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔަ ވީޑިއޯއެއްގައި އެ ޖަމިއްޔާގެ ޑެޕިއުޓީ ޗެއަރމަން ގެ ހައިސިއްޔަތުން ބޭރުގެ ކޮންފަރެންސެއްގައި އެމްޑީއެން ތަމްސީލްކޮށް ހަމީދު ވާހަކަދެއްކަވުމާ ގުޅިގެން އެ މައްސަލަ ފެންމަތި ވުމާއި އެކު ފުލުހުން ވަނީ، ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވީ ވަރަށް ކުރު މުއްދަތަކަށް ކަން ހާމަކޮށްފައެވެ.

އެހެންކަމުން އެމްޑީއެން އިން ނެރުނު ރިޕޯޓުވެގެން ދިޔައީ މިސަރުކާރުގެ ކަރަށް ހެރުނު ފަލަ ކައްޓަކަށެވެ. އެކަށި ނައްޓާލެވޭކަށްވެސް ނެތެވެ. އަދި ކަށި ބައިންދައިގެންވެސް ވާކަށްނެތެވެ.

އަނެއްކޮޅުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށާއި ކީރިތި ގުރުއާނަށް ހަޖޫޖަހައި ނެރުނު ރިޕޯޓާއި އެރިޕޯޓު ނެރުނު މީހުންގެ ދިފާއުގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ގެންދަވަނީ ވާހަކަފުޅުދައްކަވަމުންނެވެ.

ކަންމިހެން ހުރިއިރު ރައްޔިތުން ގަބޫލުކުރާ އެއް ހަގީގަތެއް އެބައޮތެވެ. މިސަރުކާރު ވެރިކަމަށް އައުމާއެކު ދީނަށް ފުރައްސާރަކުރާ މީހުން ބިރުފަހަނައަޅައި ގޮސް، ފާޅުގައި ނުކުތެވެ. އިސްލާމުދީނުގެ ދިފާއުގައި މަސައްކަތް ކުރައްވާ އިލްމުވެރިންނަށް ދުއްތުރާކޮށް، އެބޭފުޅުންގެ މައްޗަށް ގަދަބަސްބުނަން ފެށިއެވެ.

ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ދީނުގެ ދިފާއުގައި ބަސްބުނެ، ރިޕޯޓާ ދެކޮޅަށް އަޑުއުފުލައި އެފަރާތްތަކަށް އަދަބު ދިނުމަށް ގޮވާލި މީހުންގެ މައްޗަށް މިހިނދުން މިހިނދަށް ސަރުކާރުން ފިޔަވަޅު އެޅިއެވެ. މިއީ ރައްޔިތުންނަށް ގަބޫލު ކުރެވޭވަރުގެ ކަމަކަށް ނުވުމުން މީސް މީޑިއާގައި ވެސް އަޑުއުފުލަން ފެށިއެވެ. ނަމަވެސް މީސް މީޑިއާގައިވެސް ހައްގު ބަސްބުނާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބަލައި އެބައި މީހުން ހިފާ ހައްޔަރުވެސް ކުރަން ފެށީއެވެ.

ގައުމުގައި ހިނގާ ވިޔާނުދާ ކޮންމެ އަމަލެއް ދީނަށް ލޯބިކުރާ ބޭފުޅުންގެ ބޮލުގައި އަޅުވަން ފެށުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އެބޭފުޅުންނަށް ތަފާތު އިންޒާރުތައް ލިބެންފެށުމެވެ.

ބަންދު ދުވަސްތަކާއެކު ވެރިކަމަށް އަހަރެއް ފުރުނުއިރު ގައުމުގެ ކަންކަން ހުރީ މިހާލަތުގައެވެ. އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި އިސްތިގުލާލަށް މާބޮޑު އިސްކަމެއް ސަރުކާރުން ދޭތަނެއް ނުފެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...