ޑރ.އަޒްމިރަލްދާއާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލްެއުސްތާޛާ އައިޝާ ޝުޖޫން އަދި ޑރ.އަޒްމިރަލްދާ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ މެދުގައި ނެގުނު ވޯޓުގެ އަހުލަބިއްޔަތުންނެވެ.
މި ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫނާއި ޑރ.އަޒްމިރަލްދާ އައްޔަންކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ 62 މެންބަރުންނެވެ. އައްޔަންކުރަން ނުފެންނަކަމަށް އެއް މެންބަރަކު ވޯޓުދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.
އަލްއުސްތާޛާ އައިޝާ ޝުޖޫން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފައެވެ. މިހާރު އެކަމަނާ އަކީ ބާ ކައުންސިލްގެ މެންބަރެކެވެ. އަދި ޝުޖޫން ވަނީ ރާއްޖޭގެ ފުރަތަަމަ އަންހެން ގާޟީންގެ ތެރެއިން ހިމެނޭ ފަރާާތެކެވެ.
ޑރ.އަޒްމިރަލްދާ ޒާހިރަކީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަޒްމިރަލްދާއަކީ ރާއްޖޭގެ މަތީ ކޯޓަކަށް ފުރަތަމަ އައްޔަންކުރެވުނު އަންހެން ފަަނޑިޔާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް